logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ޖޯން ވިކް: ޗެޕްޓަރ 4 މިމަހު 24 ގައި ރިލީޒްކުރަނީ

ޖޯން ވިކް: ޗެޕްޓާ 4 މިމަހު 24 ގައި (އަންނަ ހުކުރު ދުވަހު) ރިލީޒްކުރަން ތައްޔާރު ވެއްޖެއެވެ.

ހިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މިފިލް އަކީ އެތައް ބެލުންތެރިންނެއް އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މަޝްހޫރު ތަރި ކިޔާނޫ ރީވްސް ލީޑް ރޯލަކުން ފެނުގެންދާ "ޖޯން ވިކް" ސިލްސިލާގެ ފުރަތަމަ ތިން ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި އެވެ. ނުވަދިހަ މިލިޔަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފިލްމުގެ ލީޑް ރޯލު ކުޅޭ ކިޔާނޫ މި ފިލްމުން 15 މިލިޔަން ޑޮލަރު ފީއެއްގެ ގޮތުގައި ހޯދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިއީ ކިޔާނޫގެ ފިލްމީ ހަޔާތުގައި ފިލްމެއް ކުޅެން އެންމެ ބޮޑު އަގެއް ނެގި ފަހަރެވެ.

ޖޯން ވިކް: ޗެޕްޓަާ 4 ގެ ޓްރެއިލާ ވަނީ މިދިޔަ ފެބްރުއަރީ 17 ވަނަދުވަހު ރިލީސް ކޮށްފައެވެ. މިފިލްމުގެ ޓްރެއިލާއަށް 24 ގަޑީރުތެރޭގައި ނުވަ މިލިއަން އަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ހަތަރު ލޮކޭޝަން އެއްގައެވެ. އެއީ ބާރލިން، ޕެރިސްއާއި ޖަޕާން އަދި ނިއުޔޯކް ސިޓީގައެވެ. އެކްޝަނުން ފުރިގެންވާ މިފިލް ރާއްޖޭގެ ސިނަމާ ތަކުގައި އެޅުވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ފިލްމުގެ އާލީ ކްރިޓިކްސް މިހާރު އުޅެނީ 9.3 ގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *