ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލްކުރުމުގައި ރާއްޖެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ. މި ބައްދަލްކުރެއްވުން ބާއްވާފައި ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގެ ލެންކެސްޓަރ ހައުސް ގައެވެ.
މިއިވެންޓުގައި މިނިސްޓަރ ޝިއުނާ ވިދާޅުވީ މާހައުލީ ނިޒާމުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި ފަންޑިންގ ހޯދުމަކީ އެ މަސައްކަތްތަކާއި ހިދުމަތްތަކުން އެކަށޭނަ މަންފާ ދެމެހެއްޓެނެވި ގޮތެއްގައި ހޯދުމަށް އެޅިގެންދާނެ ފިޔަވަޅެއްކަމުގައެވެ.
މިބައްދަލްކުރުމަކީ ދުނިއޭގެ ދިރޭތަކެތީގެ މުއާހަދާގެ ދަށުން ދިރޭތަކެތި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދާދި ފަހުން ކެނެޑާގެ މޮންޓްރިއާލް ގައި އެއްބަސްވެވުނު އަމާޒުތަކައް ވާސިލް ވުމަށް ފެށޭ މަޝްވަރާތަކެއްގެ ފެށުމެެވެ.