ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި މަޝްހޫރު ޤާރީ އައްޝައިޚް މިޝާރީ ރާޝިދީ އަލްޢަފާސީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ކުވައިތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޔޫތު މިނިސްޓަރު މަހުލޫފް، ޤާރީ މިޝާރީއާ ބައްދަލުކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރަންތާޖު ޤުރުއާން މުބާރާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޤާރީ މިޝާރީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
It was a great honor to meet one of the best Qaari, Sheik Mishari bin Rashed Alafasy @Alafasy in Kuwait.
In Sha Allah he will be one of the special guests in “Ran Thaaju” Quran competition.
🇲🇻🇰🇼 pic.twitter.com/EzzBDMVBc0— Ahmed Mahloof (@AhmedMahloof) February 17, 2023
މި މުބާރާތުގެ މި އަހަރުގެ އޮޑިޝަންތައް މިހާރުވަނީ ރާއްޖޭގެ 6 ސަރަޙައްދެއްގައި ބާއްވާފައެވެ. އޮޑިޝަންތަކުގައި 111 ބައިވެރިން ބައިވެރިވެފައިވެއެވެ. އެގޮތުން މިފެށޭ ހަފުތާގައި މުބާރާތުގައި ވާދަކުރާ 20 ބައިވެރިންގެ ނަން އިއުލާންކުރެވިގެންދާނެއެވެ.
މި މުބާރާތަކީ ރާއްޖެ ޓީވީ، އިސްލާމިކް މިނިސްޓްރީ، އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތަކީ 16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތަކަށް ވާއިރު، އެއްވަނައަށް އަންނަ ފަރާތަކަށް 3 ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.