logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ފޮޓޯ: ނެކްޓަން މިޝަން

ނެކްޓަން މޯލްޑިވްސް- މިޝަން އިން ހޯދި ކަނޑުއަޑީގެ ދިރުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި ހޯދި ދިރުންތައް ދެނެގަނެ، ގިންތިކޮށް އިތުރަށް ދިރާސާ ކުރަން ފަސް ދުވަހުގެ ވޯކްޝޮޕެއް ފަށައިފި އެވެ.

ފަސްދުވަހުގެ މުއްދަތަށް މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިން ސްޓޭޝަނު ގައި ކުރިއަށްދާ މި ޓެކްސޮނޮމިކް ވޯކްޝޮޕް މިއަދު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ނެކްޓަން މޯލްޑިވްސް މިޝަންގެ ބައެއްގެ ގޮތުންކުރިއަށްދާ، ފުން ކަނޑުގެ ދިރުންތައް ދެނެގަތުމާ ބެހޭ ފަސް ދުވަހުގެ ވޯކްޝޮޕް ގައި ކަނޑުގެ ދިރުންތައް ދެނެގަތުމަށް ބައިވެރިންނަށް ދަސްކޮށްދޭނެ އެވެ.

 

 

ރާއްޖޭގެ ކަނޑުތަކުގެ ފުން ސަރަހައްދުތައް ފުރަތަމަ ފަހަރަށް ދިރާސާކުރުމަށް ނެކްޓަން މޯލްޑިވްސް މިޝަންގެ ނަމުގައި ކުރިއަށް ގެންދިޔަ ސާވޭގައި އެއްކުރި ވީޑިއޯތަކާއި މައުލޫމާތުތައް އާންމުކުރި ނަމަވެސް މިދިރާސާތަކުގެ ފުރިހަމަ ނަތީޖާތައް އާންމުކުރަން ނިންމާފައިވަނީ މިއަހަރުއެވެ.

މި ސާވޭގައި ދިވެހި މެރިން ސައިންސްވެރިންނާއި ބައިންލައަގުވާމީ ސައިންސްވެރިންގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކުގެ ސައިންސްވެރިންވެސް ބައިވެރިވިއެވެ.

މި ދިރާސާގައި ސަބްމާސިބަލްގެ އެހީގައި 500 މީޓަރު އަޑިން މައުލޫމާތު ހޯދައި 900 މީޓަރާ ހަމައަށް ރިމޯޓް އޮޕަރޭޓެޑް އުޅަނދެއްގައި ވީޑިއޯއާއި ސާމްޕަލްތައް ނަގާފައިވެ އެވެ. ދިރާސާ ކުރީ މާލެ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ އިރުމަތީ ބިތުގެ ސަރަހައްދުގެ ތެރެއިން ޖުމްލަ 300 އަކަކިލޯމީޓަރުގެ ސަރަހައްދެއްކަމަށް ފިޝަރީޒް މިނިސްޓްރީއިން ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *