logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އެޗްޑީސީ އިން ބޭއްވި "ފަންނު ގެދަރިން" ނިމިއްޖެ

އެޗްޑީސީން ބޭއްވި "ފަންނު ގެދަރިން" ސެޝަންތައްް މިހާރު ވަނީ ނިމިފައެވެ.

ދިވެހިންގެ އުފެއްދުންތެރިކަމާ މިއުޒިކް ޝޯތަކާއިއެކު މި ސެޝަންތައްް ކުރިޔަށް ގެންގޮސްފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. އަދި ގިނަ ބަޔަކު މި ސެޝަންތައްް ގާތުން ބަލާލުމަށް އެތަނަށް އެއްވިއެވެ.

އެޗްޑީސީ އިން ބުނީ "ފަންނު ގެދަރިން" އިން ބޭއްވި ފަންނު ސެޝަން ނިމިގެންދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ސެޝަންތައް ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

"ފަންނު ގެދަރީން" ނުވަތަ "ޓެލެންޓް ގެދަރިން" އަކީ ފަންނާނުން އިންތިޒާމްކޮށްގެން ހުރިހާ ހުނަރުވެރިން އެއްކުރުމާއި، ކުރިއަރަމުން އަންނަ ފަންނާނުންނާ ބައްދަލުކުރެވޭ ފަދަ ޕްލެޓްފޯމެއް ކަނޑައެޅުމަށް ބާއްވާ ސެޝަންތަކެކެވެ. މީގެ ސަބަބުން އެކި ފަންނާނުންނާ ދިމާވެ ގުޅުން ބަދަހިވުމާއ،ި ތަފާތު ގިނަގުނަ ވާހަކަަތަށް ހިއްސާ ކޮށްލުމުގެ ފުރުސަތު ލިބިގެންދެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *