logo minivan

English

އަންގާރަ, 16 ޖުލައި 2024

މާލޭގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މާލޭ ބޮޑުތަކުރުފާނު މަގު ސަލްމާން މިސްކިތް ކައިރީ މިރޭ 22:15 އެހާ ކަންހާއިރު މި އެކްސިޑެންޓް ހިނގީ އަންހެނަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓިގެންނެވެ. އެސަރަހައްދުގައި ހުރި މީހަކު މިނިވަން ނޫހަށް މައުލޫމާތުދެމުން ބުނީ އެކްސިޑެންޓަށްފަހު އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"އެކްސިޑެންޑަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދަން ކާރަށް އެރުވިއިރުވެސް އޭނާގެ ހެއެެއްނެތް. ސިފައިންނާ ފުލުހުން ވަރަށް އަވަހަށް އެތަނަށް އެޓެންޑްވި." މަންޒަރު ފެނުނު މީހާ ބުންޏެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ދަންވަރު އަންހެން ކުއްޖަކު ވަނީ ހަމަ އެސަރަހައްދުން އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި އެކްސިޑެންޓްވެސް ހިނގާފައިވަނީ ސައިކަލް ކަހާލައިގެންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *