މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ނޫރު-2″ ނަމަކަށްކިޔާ ދޯންޏެއްގައި ކަމަށެވެ. ދޯނީގައި ތިބި މީހުން އެމްއެންޑީއެފް އަށް އެކަން ވަގުތުން ރިޕޯޓް ކުރި ކަމަށާއި އެހެންވެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން މިހާރު ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް ވެސް ބުންޏެވެ.
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.