logo minivan

English

އަންގާރަ, 23 ޖުލައި 2024
ފޮޓޯ: އެމްއެންޑިއެފް

އަލިފާން ރޯވި ދޯނި ފެތިއްޖެ، މީހުން ސަލާމަތްވި

ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް މިއަދު އަލިފާން ރޯ، "ނޫރު-2″ ނަމަކަށްކިޔާ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ދޯނިން ދަތުރުކުރި ހަތަރު މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި އެ ދޯނިން ދަތުރުކުރި ހަތަރު ފަޅުވެރިން ލ.މާވަށުގެ ދެކުނުން ހަ ނޯޓިކަލް މޭލު ބޭރުން، ކަނޑުމަތިން، އެމްއެންޑީއެފްގެ އުޅަނދަކަށް ނަގައިގެން މިހާރު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ނޫރު ދޯނީގައި އަލިފާން ރޯފިކަމުގެ މައުލޫމާތު ފުރަަތަމަ ދިން އިރު އެމްއެންޑީއެފުން ބުނީ އެއީ މަސްދޯންޏެއް ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ސާފުކޮށް ފަހުން މައުލޫމާތު ދިން ގޮތުގައި އެއީ މުދާ އުފުލާ ދޯންޏެކެވެ. އަލިފާން ރޯވި އިރު އެދޯނި ދަތުކުރަމުން ދިޔައީ ރ. އަތޮޅުގެ ރަށަކުން ފުރައިގެން ރޮބިންސަން އައިލެންޑް ރިސޯޓަށެެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 7:15 އެހާކަށް ހާއިރު އެވެ. އެ ދޯންޏާއި މީހުން ސަލާމަތްކުރަން ކޯސްޓްގާޑްގެ ސިފައިން އެވަގުތުން ފެށިގެން ހަރަކާތްތެރިވާން ފެށި ނަމަވެސް، ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް އުޅަނދު ދިޔަ އިރު ދޯނި ވަނީ އަޑިއަށް ގޮސްފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *