logo minivan

English

ބުދަ, 24 ޖުލައި 2024
މީގެ ކުރިން ކުރެއްވި ދަތުރުފުޅެއްގައި ރައީސްަ ފުރާވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ސިންގަޕޫރަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ސިންގަޕޫރަށް ވަޑައިގަންނަވަނީ ނުރަސްމީ ދަތުރުފުޅެއްގަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސިންގަޕޫރަށް ވަަޑައިގަންނަވަނީ ކުރު ޗުއްޓީއެއް ނަންގަވައިގެންނެވެ. އެ މަނިކުފާނު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިހަފުތާ ނިމޭ ހިސާބުގަ އެވެ.

ރައީސް މީގެ ކުރިން ވަނީ ސިންގަޕޫރުގެ ހޮސްޕިޓަލަކުން އޮޕަރޭޝަނެއް ކުރައްވައިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން އެ އަހަރުގެ އޮކްޓޯބަރު މަހު ވެސް އެމަނިކުފާނު އެގައުމަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ. އެކަމަކު މިފަހަރުގެ ދަތުރުފުޅަކީ ސިއްހީ ފަރުވާއަކަށް ކުރައްވާ ދަތުރުފުޅެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ.

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *