logo minivan

English

އަންގާރަ, 23 ޖުލައި 2024

މޭރީގެ މަރު: ލަމްހާގެ ރަހުމަތްތެރި ފުލުހެއް ހެކިބަސް ދިނީ ލަމްހާއާ ދެކޮޅަށް

2021 އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސްގެ މަރާލުމުގައި އެހީތެރިވެދިން ކަމަށް ތުހުމަތުކުރާ ލަމްހާއާ ދެކޮޅަށް އޭނާގެ ރަހުމަތްތެރި ފުލުހަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔައީ ދައުލަތުގެ ހެކިންގެ ހެބިބަސް ނެގުމެވެ. މިގޮތުން 3 މީހެެއްގެ ހެކިބަސް މިއަދު ނެގިއެވެ. އެއީ ތިން ފުުލުހުންނެވެ. މީގެތެރެއިން އެއް ފުލުހަކީ ލަމްހާގެ ސިއްރުތައް ކިޔައިދޭ ލަމްހާގެ ގާތް އެކުވެރިއެވެ. ދެން ހިމެނެނީ ތަހުގީގުގައި ބައިވެރިވި ފުލުހުންގެ ދެ އޮފިސަރުންނެވެ. އެއީ އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރަކާއި ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެކެވެ.

މީގެ ތެރެއިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ލަމްހާގެ އެކުވެރި މުބީން ބުނެފައިވަނީ މޭރީ މަރާލުމުގެ ކުރިން ލަމްހާގެ ސިއްރު ބައެއް ވާހަކަތައް އޭނާއާ ހިއްސާ ކުރާ ކަމަށެވެ، މިގޮތުން ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މޭރީ އަށް އެނގިގެން ލަމްހާ އަށް މޭރީ މެސެޖްކޮށް، އެކަން އައިޖީއެމްއެޗަށް ހުށަހަޅާނެ ކަމަށް ބުނުމުން މޭރީއާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރަން ލަމްހާ އެދުނުކަމަށެވެ. އެހެންވެ، ލަމްހާގެ އެދުމުގެ މަތިން މޭރީއަށް ގުޅައިގެން މޭރީއާ ބައްދަލުކުރި ކަމަށާއި މޭރީ ވެސް ބޭނުންވީ ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އަދި އެ ވާހަކަ ލަމްހާ ގާތު ބުނުމުން މާވިންއާ އޮތް ލޯބީގެ ގުޅުން ހުއްޓާލާނެ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. ހެކިވެރިޔާ ބުނީ މޭރީ މަރުވި ވާހަކަ އޭނާއަށް ގުޅާފައި ބުނީ ވެސް ލަމްހާ ކަމަށެވެ.

"އަޅުގަނޑު ދިޔައިން އައިޖީއެމްއެޗަށް. އަދި ލަމްހާއަށް ގުޅުމުން އޭނަ ވެސް އެ ތަނަށް އައި. މޫނު މަތިން އެއްވެސް ވަރަކަށް ދެރަވުމުގެ އިހުސާސެއް ނެތް. ވަރަށް އެކްސައިޓްވެފައި ހުރި ގޮތަކަށް، ވަރަށް ހިތްހަމަޖެހިލައިގެން ހިނިތުން ވެފައި ހުރީ." ލަމްހާގެ އެކުވެރި މުބީން ބުނެފައިވެއެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން ލަމްހާ ގުޅާފައި "މައްސަލައަށް ވާނީ ކިިހިނެއްހޭ" ސުވާލުކުުރަމުން ދިޔަ ކަމަށް މުބީން ބުންޏެވެ. މީގެ ކުރިން ވެސް ފުލުހުގައި މަސައްކަތް ކުރި ބައެއް މީހުން ވަނީ އެ މީހުންނަށް ގުޅާފައި ލަމްހާ އެކަން ސާފުކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ހެކިބަސް ދީފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *