ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް ބަޔަކު ތިބިތޯ ބަލަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 2023 ފެބްރުއަރީ 14 ވަނަ ދުވަހުގެ ހެނދުނު 08:25 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް ބަޔަކުވޭތޯ ބަލަން ބޭނުންވެއެވެ.
"ވީމާ، ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުންގެ އިއުލާންގައި ވެއެވެ.
މިއެކްސިޑެންޓާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.