logo minivan

English

ބުދަ, 24 ޖުލައި 2024

އަރުނިތާ އާއި ޕަވަންދީޕްގެ ޝޯވ މާޗު ތިނެއް ގައި ހުޅުމާލޭގައި، ޓިކެޓް މިހާރު ލިބޭނެ!

ސޮނީ ޓީވީ އިން ގެނެސްދިން އިންޑިއަން އައިޑަލް ސީޒަން 12 ގެ އެއްވަނަ އަދި ދެވަނަ ޕަވަންދީޕް ރާޖަން އާއި އަރުނިތާ ކާންޖިލާލް އަންނަ މަހު ހުޅުމާލޭގައި ދިނުމަށް ހަމަޖެހިފައިވާ ޝޯވގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މިއީ "ޓުއާނިވަލް" އިން ހިންގާ "މިއުޒިކަލް އައިޑަލް" ގެ ނަމުގައި ބާއްވާ ޝޯ އެކެވެ. މި ދެ ތަރިންގެ ޕާފޯމެންސްތައް ހަމަލޮލުން ބަލާލަން ބޭނުންވާ ފަރާތްތަކުން ޓިކެޓް ނެގުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. "ޓުއާނިވަލް" ގެ ފޭސްބުކް ޕޭޖުންނާއި އެމީހުންގެ ވަޓްސްއެޕް ނަންބަރަށް މެސެޖުކުރުމުން ޓިކެޓް ބުކްކުރެވޭނެއެވެ.

އިންޑިއަން އައިޑަލް އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ޝޯ އަކަށް ވީއިރު، މި ދެ ފަންނާނުން އާއްމުންގެ ތެރެއަށް މަޝްހޫރު ވެގެން ދިޔައީ އިންޑިއަން އައިޑަލް ސީޒަން 12 ގައެވެ. ޕަވަންދީޕް އާއި އަރުނިތާ އަކީ ގިނަ ދިވެހިން ވެސް ސަޕޯޓްކުރާ ދެތަރިންނެވެ. އައިޑަލް ދުވަސްވަރު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައިވީ ނަމަވެސް މިދެތަރިން އެކަމާއި ގުޅިގެން ވާހަކަ ދައްކާފައެއް ނުވެއެވެ. އެމީހުން ބުނީ އެމީހުންނަނީ ހަމައެކަނި ގާތް ދެރަހުމަތްތެރިން ކަމަށެވެ. މި ދެ ތަރިންގެ އިތުރުން މޯލްޑިވިއަން އައިޑަލުން ވިދާލި ބައެއް ފަންނާނުންނާއި ރާއްޖޭގެ މިއުޒިކީ ބައެއް ފަންނާނުންގެ ވެސް ގިނަ ހުށައެޅުންތަކެއް މި ޝޯވ އިން ފެނިގެންދާނެއެވެ.

ޓުއާނިވަލްއަކީ ބެންގަލޫރަށް ނިސްބަތްވާ ޓީމަކުން އޭޝިޔާގެ ގައުމުތަކުގައި ބާއްވާ ސެލިބްރީޓިންގެ ކާނިވަލެކެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް ވަނީ ޓުއާނިވަލްގެ ހަރަކާތްތެއް ރާއްޖޭގައި ބާއްވާފައެވެ. އެއީ އިންޑިއާގެ ސެލެބްރިޓީންނާއި ދިވެހި ބައެއް ފަންނާނުންތަކަކާ އެކު ކުޅެވުނު ރަހުމަތްތެރިކަމުގެ ފުޓުބޯޅަ މެޗެކެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *