logo minivan

English

ބުދަ, 24 ޖުލައި 2024

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް

ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާ ގުޅިގެން ބާއްވާ ކުއްލި ބައްދަލުވުމެކެވެ. ނަމަވެސް މި ބައްދަލުވުމުގައި އެއްވެސް ނިންމުމެއް ނިންމިކަން އަދި ސާފެއް ނުވެއެވެ.

އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރުގެ ކޯލިޝަން ޕާޓްނަރެވެ. އެޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާމް ގެންދަވަނީ ރައީސް ސޯލިހުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. މިގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށްވެސް ރައީސް ސޯލިހަށް ތައުރީފްކޮށް އިމްރާން ޓްވީޓްތައް ކުރެއްވިއެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބާމެދު އެޕާޓީން އަދި ގޮތެއް ނުނިންމައެވެ.

ކޯލިޝަނާއެކު ރިޔާސީ އިންތިހާބަށް ނިކުތުމަށް އެދި ރައީސް ސޯލިހު ސޮއި ކުރައްވައި ސިޓީފުޅު ފޮނުއްވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓަށެވެ.

ސިޓީފުޅުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އެ ޕާޓީތަކާއެކު އިންތިހާބަށް ނިކުންނަވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *