މާދަމާ (22 ފެބްރުއަރީ) އަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އަހަރީ ދުވަސް ކަމަށް ވާތީ ހިދުމަތް ދޭ ގަޑިތައް އެހެން ދުވަސްތަކާ ތަފާތުވާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފި އެވެ.
ވެމްކޯއިން ކުރިއިއުލާނެއްގައި ވާ ގޮތުން މާދަމާ އެ ކޯޕަރޭޝަނުން ހިދުމަތް ދޭނީ ހެނދުނު 8:00 އިން 17:00 އަށް ކަމަށެވެ.
އަންނަ ބަދަލުތައް
- މާލޭ ވޭސްޓްރާންސްފަރ ސްޓޭޝަން ހެނދުނު 8:00 ން ހަވީރު 17:00 އަށް
- މާލޭ ހައުސްހޯލްޑު ކަލެކްޝަން މެންދުރު 14:00 ން ހަވީރު 17:00 އަށް
- ކޯލް އެންޑް ޕިކަޕް ސާރވިސަސް ހެނދުނު 9:00 ން ހަވީރު 17:00 އަށް
- ހުޅުމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެނދުނު 8:00 ން ހަވީރު 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން މެންދުރު 12:00 ން ވަވީރު 17:00 އަށް
- ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް 2) ހެނދުނު 07:00 ން ހަވީރު 15:00 އަށް
- ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެނދުނު 8:00 ން ހަވީރު 17:00 އަށް
- ވިލިމާލެ ހައުސްހޯލްޑް ކަލެކްޝަން ހެނދުނު 9:00 ން ހަވީރު 17:00 އަށް
- ތިލަފުށި ޑިސްޕޯސަލް ސައިޓް ހެނދުނު 8:30 ން ހަވީރު 17:00 އަށް
މޭލެ ސަރަހައްދުގެ ގޭގެއިން ކުނި ނެގުމާއި ހުޅުމާލެއާއި ވިލިމާލޭގެ އާއްމު ސަރަހައްދުތައް ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން އާއްމު ގޮތެއްގައި ރޭނގަޑުގެ ވަރަށް ދަން ވަންދެން ވެސް ކުރެ އެވެ.