logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ރޯދަ މަހު ހުޅުމާލެއަށް ފެނުގެ ދަތިކަމެއް ދިމާވިޔަ ނުދޭން މަސައްކަތް ކުރަނީ

މާލެ ސަރަހައްދަށް ފެނުގެ ހިދުމަތްދޭ އެމްޑަބްލިއު އެސްސީން އަންދާޒާކުރާ ވަރަށް ވުރެ އިތުރަށް ހުޅުމާލޭގައި ފެން ބޭނުންކުރާތީ، ރޯދަ މަހު ދިމާވެދާނެ ދަތިތައް ހައްލުކުރަން އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރުގުރާމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވީ އަންދާޒާ ކުރެވިފައިވާ ވަރައްވުރެ ގިނައިން ހުޅުމާލޭގައި ފެންބޭނުން ކުރާކަމަށާއި އަދި މިރޯދަމަހަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ދަތިކަން ދިމާވިޔަ ނުދިމުނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ޝާހު ވިދާޅުވި ގޮތުގައި މާލެއަށް ފެން ފޯރުކޮށްދިނުމުގެ ކެޕޭސިޓީ ހުރި ނަމަވެސް ހުޅުމާލޭގައި އެމްޑަބްލިއުއެސްސީ އިން ފޯކާސްޓް ކުރާ މިންވަރައްވުރެ ގިނައިން ފެންބޭނުން ކުރެ އެވެ. ރޯދައަށް ހުޅުމާލެ ފެނަށް ޖެހުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެތީ އެކަން ވިޔަނުދޭން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރާ އެއް ކަމަކީ ހުޅުމާލޭގައި މިހާރުވެސް ހުރި ފެން އުފައްދާ ޕްލާންޓް ތައް އަޕްގްރޭޑް ކުރުން ކަމަށާއި އޭގެ އިތުރުން ވަގުތީ ދެ ޕްލާންޓް ހުޅުމާލޭގައި ބަަހައްޓަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ވަގުތީގޮތުން ގުޅީފަޅުން އެއް ޕްލާންޓް އަދި ކ. މާފުށިން އެއް އެޕްލާންޓް ގެނެސް ހުޅުމާލޭގައި ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ވަގުތީ ގޮތުން އެ ޕްލާންޓްތައް ގެންނަނީ އެޕްލާންޓުތައް ހުރި ރައްރަށަށް އެއްވެސްކަހަލަ ދަތިކަމެއް ދިމާނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދަން އެމްޑަބްލިއުއެސްސީގެ ޕާޓްނާ ކުންފުނި،  ހިޓާޗީ އާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން 3،000 ޓަނުގެ ފެންޕްލާންޓެއް ގެންނާނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *