logo minivan

English

އަންގާރަ, 16 ޖުލައި 2024

ހއ.ދިއްދޫގައި ބޭއްވި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ވަނީ ނިންމާލާފަ އެވެ.

އެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހއ. ދިއްދޫގައެވެ. ހއ.އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އަދި މި ބައިވެރިންނަށް އުނގަންނާދެއްވާފައި ވަނީ މިދާއިރާގެ ފުންނާބު އުސް 3 ޢިލްމުވެރިންނާއި 3 ޤާރީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަށާއި ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢިލްމާއި ހުނަރާއި އަދި ޤާބިލްކަން އިތުރުކުރުމަށް މައިގަނޑު މަގްސަދެއްގެ ގޮތުގައި އެ ތަމްރީނު ޕްރޮގްރާމް ބޭއްވިގެން ދިޔައެވެ. އެހެންކަމުން އެ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ވާއިރު، މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި އެހެން އަތޮޅު ތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ ޕްރޮގްރާމްގައި އެކުލެވިގެން ގޮސްފައިވާ ބައިތަކުގެ ތެރޭގައި ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި، މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަން ހިމެނެއެވެ. އަދި އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލުތަށްް ވަނީ ކިޔައިދެވިފައެވެ. އޭގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަރުދަނާ ކުރުމާއި، އެ ބޭފުޅުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ކުއްތަށް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ވެސް ކިޔައިދެވިފައިވާނެ ކަން އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ . އަޙްމަދު ޒާހިރު ޢަލީ ވަނީ އެ ޕްރޮގްރާމް ނިންމާލުމަށްފަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްފައެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *