logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025
ސްޓެލްކޯގެ ހެޑް އޮފީސް. ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

ސްޓެލްކޯއިން މާލެ ސިޓީކައުންސިލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގަނެފި

މާލެ ސިޓީ ކައުންސިލުން ހެދި ދެ އުސޫލެއްގެ ދަށުން މާލޭގެ މަގުތަކުގައި ކުރާ މަސައްކަތަށް ނަގާތީއާ  އަގު ބޮޑުކޮށްފައިވާތީ އެ އުސޫލުތަކަކީ ޤާނޫނާ ހިލާފަށް ހަދާފައިވާ އުސޫލުތަކެއް ކަމަށް ބުނެ، އެ އުސޫލުތައް ބާތިލުކުރަން ސްޓެލްކޯއިން ހައިކޯޓަށް މައްސަލަ ކޯޓުން ބަލައިގެންފިއެވެ.

ކޯޓުން މިމައްސަލަ ބައިލައިދަތީ ދެވަނަ ފަހަރަށް ހުށަހެޅުމުން ނެވެ.

ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ އޭރު ވިދާޅުވީ މައްސަލަ ހުށަހަޅާ ގާނޫނީ ސަބަބުތައް މައްސަލަ ހުށަހަޅާ ފޯމާ އެކީ ތަފްސީލުކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ސްޓެލްކޯ އިން އަލުން މައްސަލަ ހުށަހެޅީ އެކަން އިސްލާހުކޮށްފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އަލުން ހުށަހަޅައިފި

ސްޓެލްކޯ އިން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެދެ އުސޫލު ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެއީ ބާތިލް އުސޫލަކަށް ވާތީ ކޯޓަށް ދަނީ ކަމުގައި ވެސް ޝަރީފް ވިދާޅުވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *