logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ހަށިވިއްކުމުގެ ފުރުސަތު ކުޑަވާ ގޮތަށް، ސްޕާތަށް ހިންގުމުގެ ގަވައިދެއް ހަދައިފި

ސްޕާ ހިންގުމުގެ ނަމުގައި ހަށިވިއްކުން ފަދަ ޖަރީމާތައް ހިންގުމުގެ ފުރުސަތު ކުޑަވާ ގޮތަށް ސަރުކާރުން ގަވައިދެއް ހަދައި ގެޒެޓްކޮށްފި އެވެ.

"ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު" ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓްކުރި ގަވައިދުގައިވާ ގޮތުން، މީހުން އުޅޭ ރަށްރަށުގައި ސްޕާތައް ދެން ހިންގޭނީ އެ ގަވައިދުގައިވާ ޝަރުތުތައް ފުރިހަމަކޮށްފައިވާ ކަން ސަރުކާރުން ކަށަވަރުކޮށް، ސްޕާ ރަޖިސްޓްރީކޮށްދިނުމުންނެވެ.

ގަވައިދު ބުނާ ގޮތުން، ސްޕާގެ ގޮތުގައި ހިންގާ ތަންތަނުގެ އަދި ރިސެޕްޝަނާއި އެކު ތަން ފެންނާނެ ހެން ސީސީ ކެމެރާ ހަރުކޮށް، މަދު ވެގެން ހަ މަސްދުވަހުގެ ފުޓޭޖް ރެކޯޑްކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސަށް ޖެހެ އެވެ.. އަދި ހިދުމަތް ދިނުމަށް ހާއްސަކޮށްފައި ހުންނަ ކޮޓަރިތައް ހުންނަން ޖެހޭނީ، ހިދުމަތްދޭ ވަގުތު، ތިންވަނަ ފަރާތަކަށް ނުވަދެވޭނޭހެން ދޮރެއް ނުވަތަ ޕާޓީޝަނަކުން ބަންދުކޮށްފައި ކަމަށް ވިޔަސް ކޮޓަރިތަކުގައި، ތަޅު ނުވަތަ ތަންޑު އަދި ތަޅުލުމަށް ނުވަތަ ތަންޑުލުމަށް ބޭނުންކުރާ އާލާތެއް ހަރުކޮށްފައި ހުރެގެން ނުވާނެއެވެ.

އެ ގަވައިދުގައިވާ ގޮތުން އަދި ސްޕާގެ ހުރިހާތަނެއްވެސް ހުންނަން ޖެހޭނީ، އެކަށީގެންވާ މިންވަރަށް ލައިޓް ހަރުކޮށް، އަލިކޮށްފައެވެ. އަދި ސްޕާ ހިންގާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރުކަން ހުންނަން ކަށަވަރު ކުރަން ވެސް އެ ގަވައިދުގައި ގިނަ ކަންތައްތަކެއް ޝަރުތުކޮށްފައި ވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ސްޕާތަކުގައި މަަސައްކަތްކުރާ، ބިދޭސީންނަކީ ތަނުގެ ކޯޓާގެ ދަށުން ވޯކްޕާމިޓް ދޫކޮށްފައިވާ އަދި ހިދުމަތާއި ގުޅޭ އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުންތޯ ވެރިފަރާތުން ކަށަވަރު ކުރަންވެސް ޖެހެއެވެ.

ސްޕާ ހިންގާ ތަންތަނުގައި ކުރުން މުޅިން މަނާ ކަންކަމުގެ ތެރޭގައި، ހަމުގެ ބަލިތަކަށް ފަރުވާދިނުން، ލެބޯރެޓަރީ ޓެސްޓު ހެދުމާއި، އެކްސްރޭގެ ޚިދުމަތް ދިނުން، އެސިޑު ނުވަތަ މެޝިން ބޭނުންކޮށްގެން ހަމަށް އެއްވެސް ފަރުވާއެއް ދިނުން، ބިހި ނުވަތަ ލަކުނު ނުވަތަ އުން ނައްތައިލުމާއި، އެފަދަ ފަރުވާއަކަށް އެއްވެސް ބާވަތެއްގެ ސާރޖިކަލް ހިދުމަތެއް ދިނުން، ސިއްހީ އެއްވެސް ހިދުމަތެއް ނުވަތަ އޮޕަރޭޝަނުގެ ހިދުމަތެއް ދިނުން، ހަށިގަނޑުގެ އެތެރެއަށް ނުވަތަ ދެހަންދޭތެރެއަށް މާއްދާއެއް އެތެރެވާނޭފަދަ ގޮތަކަށް ނުވަތަ ނޮން -އިންވޭސިވް ޓްރީޓްމަންޓަކަށް ނުވާގޮތަކަށް، ސިއްހީ ހިދުމަތް ދިނުމަށް ހުއްދަދޭ ފަރާތުގެ ހުއްދަނެތް ފަރާތަކުން ، މިފަދަ ހިދުމަތެއް ދިނުން ހިމެނެއެވެ.

ސްޕާތައް ހުޅާފައި ބެހެއްޓޭނީ އެ ގަވައިދުގައިވާ ގޮތުން ހެނދުނު 00:8 އިން ފެށިގެން ރޭނގަޑު 00:11 އަށެވެ. އަދި ހުކުރުދުވަހު ހެނދުނު 00:11 އިން ފެށިގެން މެންދުރު 2:00 ގެ އަށް ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

ސްޕާތައް އިޝްތިހާރު ކުރާނެ މިންގަނޑުތައް ވެސއް އެ ގަވައިދުގައި ކަނޑައަޅާފައި ވެ އެވެ. އެގޮތުން އިސްތިހާރު ކުރުމުގައި ވެސް  މުޖުތަމައުގެ އާންމު އަހުލާގީ މިންގަޑާ ހިލާފުވާފަދަ ގޮތަކަށް އަޑާއި މަންޒަރު ހިމަނައިގެން އިސްތިހާރު ކުރުމާއި އިސްތިހާރު ކުރުމުގައި އެއްވެސް މީހެއް ބޭނުންކުރުމަކީ އެ ގަވައިދުގައި މަނާކޮށްފައިވާ ކަމެކެވެ.

އެ ގަވާއިދުގައިވާ  ރައްކާތެރިކަމުގެ މިންގަނޑުތަކާއި އިމާރާތާ ގުޅޭ މިންގަނޑުތަކާ ހިލާފުވާ މީހުނ 6،000-8،000 ރ. ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރާނެއެވެ. ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ނަމަ 8000 – 10000 ރ. ގެ އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. އަދި ގަވައިދުގައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭ މިންގަނޑުތަކާ ހިލާފްވެއްޖެނަމަ 4000 – 6000 ދެމެދުން ޖޫރިމަނާ ވާނެއެވެ. ، އަދި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ނުކޮށް ސްޕާ ހިންގާ ނަމަ، 10000 ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *