logo minivan

English

ބުދަ, 24 ޖުލައި 2024

ފޮޓޯއިން މި ފެންނަނީ ކޮން އެއްޗެއް؟

މިއީ 33 އަހަރު ކުރިން އެމެރިކާގެ ޖައްވީ އިދާރާ، ނާާސާގެ ޖައްވީ އުޅަނދު " ވޮޔޭޖާ 1″ ގެ ކެމެރާއަކުން ނަގާފައިވާ ފޮޓޯ އެކެވެ. މިއީ ދުނިޔެއާ ހަ ބިލިއަން ކިލޯމީޓަރު ދުރުން ނަގާފައިވާ ފޮޓޯ އެކެވެ.

1977 ވަނަ އަހަރު ޖައްވަށް ފޮނުވައިލި ވޮޔޭޖާ 1 އަދި ވޮޔޭޖާ 2 އަކީ ޖުޕިޓާ އަދި ސެޓާންގެ ފޮޓޯ ނެގުމާއި ދިރާސާކުރުމަށް ފޮނުވި ދެ އުޅަނދެވެ. ޖުޕިޓާރ، ސެޓެން ގެ އިތުރުން އެތައް ޕްލެނެޓެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ނެގީ އެ ދެ އުޅަނދުންނެވެ. "ދަ ޕޭލް ބުލޫ ޑޮޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި ފޮޓޯ ނެގުމުގެ ޚިޔާލު 1981 ވަނަ އަހަރު ނާސާއަށް ހުށަހެޅުއްވީ ފަލަކީ އިލްމުވެރިޔާ އަދި ލިޔުންތެރިޔާ ކާލް ސޭގަން އެވެ.

އޭނާގެ ޚިޔާލާ އެއްގޮތަށް، 1990 ވަނަ އަހަރު ފެބްރުއަރީ މަހު 14 ވަނަދުވަހު ނެގި މި ފޮޓޯ އަކީ ޖައްވީ އުޅަނދު ވޮޔޭޖާ 1 އިން ނެގި އެންމެ ފަހު ފޮޓޯ އެވެ. އެ އުޅަނދުގެ ޕަވާސޯސް ދައްވާން ފެށުމުން ޖައްވީ އުޅަނދުގެ ބައެއް އާލާތްތައް ނިއްވައިލިއެވެ. އެގޮތުން ނިއްވައިލި އާލާތްތަކުގެ ތެރޭގައި އެއުޅަންދުގެ ކެމެރާވެސް ހިމެނެއެވެ. މިއީ އެ ކެމެރާ ނިއްވައިލުމުގެ ކުރިން ނެގި އެންމެ ފަހު ފޮޓޯއެވެ.

ޕޮޓޯއިން ތިޔަ ފެންނީ އަޅުގަނޑުމެން އެންމެން ދިރިއުލެމުންދާ ދުނިޔެ އެވެ.

ހަ ބިލިއަން ކިލޯމީޓަރު ދުރުން ނަގާފައިވާ މި ފޮޓޯ ބިމަށް ލިބުނީ  އެއަހަރުގެ މޭ މަހު އެއްވަނަ ދުވަހު އެވެ. އެ ފޮޓޯ ބިމަށް [ނާސާގެ އިދާރާއަށް] ލިބެން ދެ މަހައްވުރެ ގިނަ ދުވަސް ހޭދަވި އެވެ.

"މި ފޮޓޯއަށް ބަލާލާށޭ، ތިޔަ ފެންނަނީ މިތަނޭ، އެއީ ގެ އޭ، އެއީ އަހަރުމެންނޭ، އޭގައި ލޯބިވާ ހުރިހާ އެންމެންވޭ، ދަންނަ ހުރިހާ އެންމެންވޭ، އަޑު އެހި ކޮންމެ މީހަކުވެސް އޭގައި ވެއޭ، ހުރިހާ ދިރިތިބީންނާއި، ދުނިޔެއިން ގޮސްފައިވާ މީހުންނޭ، ކޮންމެ ރުއިމަކާއި ހިނިތުންވުމެކޭ، ކޮންމެ ވިސްނުން ތެރިކަމަކާއި ހިކުމަތޭ، ކޮންމެ ބަތަލަކާއި ކޮންމެ ހަސަދަވެރިއެކޭ، ކޮންމެ ރަސްކަލެކޭ، ކޮންމެ މަންމަ އަކާއި ބައްޕަ އެކޭ." ވިސްނާލާށޭ! ތިޔަ ފެންނަނީ ހަމަ އެންމެ ފޮޓޯއެކެވެ. ވިސްނާ ފިކުރު ކުރާ މީހުންނަށް މިކަމުގައި އިބުރަތެއް ވޭނޫންހޭ،" މަޝްހޫރު ސައިންޓިސް ކާލް ސޭގަން މި ފޮޓޯއާ މެދު ވިދާޅުވި އެވެ.

މިހާރު މިދެ އުޅަނދު ކޮބާ؟

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނާގޮތުގައި ވޮޔޭޖާ 1 އަދި 2 މިހާރު ވަނީ ހެލިއޮސްފިއާ ސަރަހައްދުން ބޭރުވެފައެވެ.

ހެލިއޮސްފިއާ އޭ ބުނެވޭ ސަރަހައްދަކީ ދުނިޔެއިން ފެށިގެން ގާތްގަނޑަކަށް 18.2 ބިލިއަން ކިލޯމީޓަރު ދުރުމިމުގައިވާ ސަރަހައްދެވެ. އެއިދާރާއިން ބުނާ ގޮތުގައި އަދިވެސް މިދެ އުލަނދުން ސިޖްނަލް ލިބެއެވެ. ހުއްޓުމެއްނެތި ސައިންސްގެ ތަހުލީތައް ކުތަމުންދާ މި ދެއުޅަދު ވަނީ ދުނިޔެއާ ހުރި ދުރުމިނާހުރެ ސިގްނަލް ވަރަށް ދައްވެފައެވެ. ނަސާ ބުނާގޮތުގައި މިދެ އުޅަނދުގެ ސިގްނަލް 2025 ވަނަ އަހަރާ ހަމައިން ގެއްލޭނެ ކަމަށް ބެލެވޭ.

ނާސާއިން މިފަދަ އެހެން ސްޕޭސް މިޝަންއެއް ރާވާފައި ނެތުމުން މިފަދަ އެހެން ޕޮޓޯއެއް ނެގުމަކީ ދެން ވަރަށް ނާދިރު ކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *