ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ފްރޮގަރާމްގެ ދަށުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފި އެވެ.
ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ‘ގެދޮރުވެރިންގެ ކޮމިޓީ’ގެ ނަމުގައި ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ. pic.twitter.com/Uy6uT8GyBF
— Min.of National Planning, Housing & Infrastructure (@MoNPHImv) February 22, 2023
ފަސް މެމްބަރުން ތިއްބަވާ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުުވުން އިއްޔެ ބާއްވާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މި ކޮމިޓީގައި ތިއްބަވާނީ؛
1. އަލްފާޟިލް އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއަރޕަރސަން)
2. އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއަރޕަރސަން
3. އަލްފާޟިލާ މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
4. އަލްފާޟިލާ އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
5. އަލްފާޟިލް މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
އެ ކޮމެޓީގެ ޗެއާމަނަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ. އަދި ކޯ ޗެއާޕާސަނަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރެވެ.
ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވައިލުމުން އެ ދެ ސްކީމަށް ގިނަ އަދަދެއްގެ މީހުން ކުރިމަތި ލި އެެވެ. އެގޮތުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ހުށަހެޅުން އިވެލުއޭޓްކޮށް، ގޯތި ދޭނެ ފަރާތްތައް އަންނަ މޭމަހު ކަނޑައަޅާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކޮމިޓީގަ ތިބެންވާނީ މާލޭ ރަށްވެހިންނަށް ހިޙްލާސްތެރި މާލެމީހުން. އެހެންނޫނީ ކުރިއެކޭވެސް އެއްގޮތަށް ތިވެސްލިބޭނީ ލިބެން ނުޖެހޭމީހުނަށް.