logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރަނީ. ފޮޓޯ:ފުލުހންގެ އިދާރާ

ހަށިވިއްކި މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކި ކަމުގެ ތުހުމަތަށް ރޭ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ރޭ، އެ ހަތަރު މީހުން ހައްޔަރުކުރީ 'ރޯޅި ގެސްޓް ހައުސް' ބަލާ ފާސްކޮށް، އެ ގެސްޓް ހައުސް އިން ކަމަށެވެ. ހައްޔަރު ކުރީ، 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސި ފިރިހެނަކާއި 31 އަހަރުގެ ބިދޭސި އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މިހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސި އަންހެނަކު ހައްޔަރު ކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހަށިވިއްކުމާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ރާއްޖޭގައި އިތުރުވެފައި ވާއިރު އެކަން ހުއްޓުވަން ފުލުހުން ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަ އެވެ. ހަށިވިއްކުމާއި ހިއުމަން ޓްރެފިކިންއާ  ދެކޮޅަށް ފާއިތުވި އަހަރު ފުލުހުން 25 އޮޕަރޭޝަނެއް ހިންގި އެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *