logo minivan

English

އަންގާރަ, 16 ޖުލައި 2024
ފޮޓޯ: ޕީއެސްއެމް

ކޮވިޑުގެ ކުރިން ދިން ވަރުގެ ހައްޖު ކޯޓާއެއް ރާއްޖެއަށް ދީފި

1444 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދާން ރާއްޖެއަށް، ޖުމްލަ 1000 ޖާގަ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1000 ޖާގައިގެ އިތުރުންވެސް އިތުރު ޖާގަ ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ލިމިޓްކުރުމެއް ނެތި ސައުދީން ހައްޖަށް މީހުން ގެންދާނެ ފުރަތަމަ އަހަރެވެ.

މިދިޔަ އަހަރު ވެސް ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެއްވެސް އެހެން ގައުމަކުން ހައްޖަށް ދާން ފުރުސަތު ދީފައިނުވާ އިރު،  2021 ވަނަ އަހރު ހައްޖަށް ދާން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށެވެ. ކޮވިޑް ހާލަތުގެ ކުރިން ކޮންމެ އަހަރަކު ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ސައުދީން ހައްޖުގެ ފުރުސަތު ދެމުން އަ އެވެ.  

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *