logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އެންޑްރޮއިޑް ފޯނުތަކުގައި ޑިޖިޓަލް އައިޑީ ތަޖުރިބާ ކުރަން 500 ފުރުސަތު ހުޅުވާލައިފި

ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކޮށްލުމުގެ 500 ފުރުސަތު އެންވަޔަރްމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީން ހިންގާ "އީފާސް" ޓްވިޓާ ހޭންޑުލް އިން މިއަދު ކުރި ޓްވިޓެއްގައި ބުނީ ޑީޖިޓަލް އައިޑެންޓިޓީ ކާޑު މިއަދުން ފެށުގެން އެޑްރޮއިޑް ފުރަތަމަ 500 ފޯނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވިފައިވާކަަމަށެވެ.

އީފާސްއިން މިއަދު މިހުޅުވާލެވުނު ފުރުސަތުގައި ޓެސްޓު ކުރުމަށް ހުޅުވާ ލެވިފައިވަނީ ހަމައެކަނީ އެންޑްރޮއިޑް ފޯނުތަކަށެވެ. ނަމަވެސް ވަރަށް އަވަހަށް އައިއޯއެސް އަށް މި ފުރުސަތު ލިބޭނެ ކަމަށް ވެސް ޓެކްނޮލޮޖީ މިނިސްޓްރީން ބުންޏެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރުމަށް ހަމަޖެހިފައިވަނީ އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޑިޖިޓަލް އައިޑީކާޑް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވައިލާނެކަން އެ މިނިސްޓްރީން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *