logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025
ތުރުކީއަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ސަރަހައްދެއްގައި ބަޔަކު މަޑުކޮށްލައިގެން. ސޯޝަލްމީޑިއާ ފޮޓޯ: އަޝްހަދު އަހުމަދު

ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ޖަރުމަނުން ދޭ އެހީ އިތުުރުކޮށްފި

މި މަހުގެ ކުރީކޮޅު ސީރިޔާއަށާއި ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ދޭ އެހީ އިތުރުކުރާނެ ކަމަށް ޖަރުމަނުން ބުނެފިއެވެ.

ހާލުގައި ޖެހުނު މީހުންނަށް އިތުރު 50 މިލިއަން ޔޫރޯ ދޭން ނިންމާފައިވާކަން އިއުލާން ކުރީ އަންގާރަ ދުވަހުއެވެ.

ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލީނާ ބެއާބޮކް ވިދާޅުވީ އެ ގައުމުން ބޭނުންވަނީ ކާރިސާގައި ހާލުގައި ޖެހުނު މީހުންނާ އެކު ޖަރުމަން ތިބިކަން ބައިނަލްއަގްވާމީ މުޖުތަމައުއަށް އަންގަން ކަމަށެވެ. އެކަމަނާ އެހެން ވިދާޅުވީ ދާހިލީ ވަޒީރު ނޭންސީ ފައިޒަރާއެކު ތުރުކީގެ ދެކުނުގައި އޮންނަ ޕަޒާރްސިކްއަށް ކުރެއްވި ދަތުރުފުޅުގައެވެ.

އަލަށް ދިން އެހީގެ ތެރެއިން 33 މިލިއަން ޔޫރޯ ކަނޑައަޅާފައިވަނީ ތުރުކީއަށެވެ. އަދި 17 މިލިއަން ޔޫރޯ ސީރިއާގެ އުތުރުގެ ސަރަހައްދުތަކަށެވެ. މި އަދަދާއެކު ޖަރުމަނުން ދިން އެހީގެ އަދަދު ވަނީ 108 މިލިއަން ޔޫރޯއަށް އަަރާފައެވެ.

"އަސަދުގެ ސަރުކާރުން އެހީދޭ ޖަމާއަތްތަކުގެ މަގަށް އެއް ހުރަހަކަށް ފަހު އަނެއް ހުރަހެއް އަޅަމުން ދިޔަ ނަމަވެސް، އެތަނުގައި ތިބި މީހުން އެކަނި ދޫކޮށްނުލާނެ" އެނަލީނާ ބެއާބޮކް ވިދާޅުވިއެވެ.

ބިންހެލުމުގައި ގާތްގަނޑަކަށް 46،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *