logo minivan

English

އަންގާރަ, 16 ޖުލައި 2024

ބަނގުރަލާއި ހަށިވިއްކާ ކަމަށް ދެކެވޭ ވާހަކަ ހިންމަފުށީ ކައުންސިލުން ދޮގުކޮށްފި

ކ.ހިންމަފުށީގަ ބަނގުރަލާ ހަށި ވިއްކާ ކަމަށްބުނެ އޮންލައިން ނޫހަކުން ލިޔުނު ހަބަރު އެރަށު ކައުންސިލުން ދޮގު ކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކުން މިމަހު 20 ވަނަ ދުވަހު ލިޔެފަވާ ހަބަރުގައި ހިންމަފުށީ މީހަކާ ހަވާލާދީ ބުނެފަވަނީ އެ ރަށުގައި ހިންގާ ކެފޭއެއްގައި ފާޅުގައި ބަނގުރާ ބޮމުންދާ ކަމަށެވެ. އެމީހުން ބަނގުރާ ބޮނީ ފެން ހުސްކުރި ފުޅިއަށް ބަނގުރާ އަޅައިގެން ހިފައިގެން ގޮސްކަމަށްވެސް އެހަބަރުގައި ލިޔެފައިވެއެވެ. ނަމަވެސް އެ ހަބަރު ދޮގުކޮށް ކުށްވެރި ކޮށް ހިންމަފުށީ ކައުންސިލުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

ހިންމަފުށީ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނީ މިމަހުގެ 20 ވަނަ ދުވަހު އެނޫހުގައި ހިންމަފުށީގައި ބަނގުރަލާއި ހަށިވިއްކުން އާންމުކަމަށް ބުނެ ލިޔެ ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށާއ،ި އެ ކައުންސިލުން އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ރަށުގައި އެކަހަލަ އަމަލެއް ހިނގާ އާންމުވާ ކަމަށް ބުނެ އެވެސް މީހެއްގެ ޝަކުވާ މިހާތަނަށް އެ ކައުންސިލަށް ރިޕޯޓު ކޮށްފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ރަށުގައި ދިރިއުޅޭ ކޮންމެވެސް މީހަކު ބުނާހާ އެއްޗެއް އޭގެ ހަގީގަތް ބެލުމުގެ ގޮތުން ކައުންސިލާއި އެއްވެސް ސުވާލެއް ކޮށްލުމެއްނެތި ނޫސްވެރިޔާގެ އަމިއްލަ އިބާރާތުގެ މައްޗަށް އެއްވެސް ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި މުޅި ރަށުގެ ނަން ބޭނުންކޮށް ރަށަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުގެ މެދުގައި ބިރުވެރިކަމާއި ނާމާންކަން އުފެދޭގޮތަށް ހަބަރު ހާމަކޮށްފައިވާތީ ކައުންސިލުން އެކަމާ ހިތާމަކުރަން" ނޫސް ބަޔަނުގައި ބުނެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *