logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ކްރިމިނަލް ކޯޓުގެ އެއް އިމާރާތް ބާވެ ބޭނުން ކުރުން ހުއްޓާލައިފި

ކްރިމިނަލް ކޯޓުގެ އެއް އިމާރާތް މާ ބޮޑަށް ބާވެގެން ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކޯޓު ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް މާބޮޑަށް ބާވެ ހަލާކުވެފައި ވާތީ އެއިމާރާތް މިއަދުން ދެށިގެން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ކްރިމިނަލް ކޯޓުގެ އެ އިމާރާތް ބޭނުންކުރުން ހުއްޓައިލަން ނިންމީ އިއްޔެ ހެދި އިންސްޕެކްޝަނަށް ފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއްނޫން ކަމަށް ކަމާބެހޭ ފަންނީ މާހިރުން  އިރުޝާދު ދީފައިވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުން ކުރުން ހުއްޓައިލިޔަސް ކޯޓުގެ މަސައްކަތްތަކައް ބުރުލެއް ނާރާނެ ކަމަށް އެކޯޓުން ބުންޏެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އެކްސްޓެންޝަން އިމާރާތައް ބަދަލު ކުރެވެން ހުރި މަސައްކަތްތައް ބަދަލުކޮށް، އަދި ޝަރީއަތްތަކާއި އަދި ކޯޓުގެ މަސައްކަތްތައް އޮންލައިން ކޮށް "ވޯކް ފްރޮމް ހޯމް" އަށް ބަދަލުކޮށް ހިދުމަތް ދޭނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ..

ކްރިމިނަލް ކޯޓުން ބޭނުން ކުރަމުން އައު ހަތަރު ބުރީގެ އިމާރާތަކީ ކުރީގެ ވެލްފެއާ ހުރި އިމާރާތެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *