logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ހުޅުމާލެ ފޭސް2

ސިޓީ ކައުންސިލުން ހުޅުމާލެ ފޭސް 2 ގައި ރޯދަމަށް ހާއްސަ ވަގުތީ ލޯކަލްމާރުކޭޓެއް ހަދަނީ

އަންނަ ރޯދަމަހަށް ހާއްސަ ކޮށްގެން ހުޅުމާލެ ފޭސް ދޭއް ގައި ވަގުތީ ލޯކަލްމާރުކޭޓެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭްވި، އެކައުންސިލްގެ 90 ވަނަ އާންމު ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ދިރިއިޅޭ އާއިލާތަކުން ދުރު ހިސާބުތަކަށް ގޮސް ތަރުކާރީފަދަ ތަކެތި ގަތުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންވެ ސިޓީ ކައުންސިލުން ކުރާ ކަމެއްގެ ގޮތުގައި ފޭސް ދޭއް ގައި ވަގުތީ ލޯކަލް މާރުކޭޓެއް ހަދަން އޭނާ ހުށަހެޅުއްވި އެވެ.

އެ ބައްދަލްކުރުމުގައި ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފޭސް ދޭއް ގައިި ލޯކަލް މާރުކޭޓެއް ނެތުމަކީ އެ ސަރަހައްދުގައި އުޅޭ މީހުންގެ ޝަކުޥާ އޮތް ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުރީ އަހަރުގައި ވަގުތީ މާރުކޭޓެއްގެ ހިދުމަތް އެޗްޑީސީއިން ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް މިއަހަރު އެބޭފުޅުން ގެ ޕްލޭންފައި ވަގުތީ މާރުކޭޓެއްގެ ހިދުމަތް ދިނުމެއް ނެތްކަމަށެވެ. ވަގުތީ މާރުކޭޓެއްގެ ކަންތަކާ އެޗްޑީސީއާ ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޭސް ދޭއްގައި ވަގުތީ މާރުކޭޓް ހަދަން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށް އެޗްޑީސީން ނުރަސްމީކޮށް ބުނެފައވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މުއިއްޒުގެ ހުށަހެޅުން ސިޓީކައުންސިލުން އިއްޔެ ފާސްކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ