logo minivan

English

އަންގާރަ, 16 ޖުލައި 2024

ދެ ރަށަކުން މަސްތުވާތަކެތި އަތުލައިގަނެ ދެމީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫއާއި ހދ. ނޮޅިވަރަންފަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކޮންމެ ރަށަަކުން މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ތިނަދޫގައި ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު އޭނާ އަތުން ފެނުނެވެ. އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ނޮޅިވަރަންފަރުގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ވެސް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނި ގޮތުގައި ނޮޅިވަރަންފަރުން ހައްުޔަރުކުރި މީހާގެ ބަންދަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުން ވަނީ 13 ދުވަސް ޖަހައިދީފަ އެވެ. ތިނަދޫން ހައްޔަރުކުރި މީހާގެ ބަންދާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

އެ ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *