logo minivan

English

ބުދަ, 24 ޖުލައި 2024
ފޮޓޯ: ކަރެކްޝަންސް

ހަށިގަނޑުގެ ތެރެއަށް ލައިގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ހަށިގަނޑުގެ ތެެރެއަށް ލައިގެން މާފުށީ ޖަލަށް ގައިދީއަކު ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި އެވެ. 

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފާސްކޮށް އެކްރޭ ނަގާ ބެލިއިރު ހަށިގަނޑުގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުންނާއި ގުޅިގެން އަތުލައިގެންފައިވާ ކަމުަގއެވެ.

 

ކޮމިޝަނާ އޮފް ޕްރިޒަންސް ކުރެއްވި ޓްވީޓުން ފެންނަ ގޮތުގައި އަތުލަގަތް ގައިދީގެ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ  ޖޫސްޕެޓީ ކޮތަޅެއްގަ އެވެ.

ދޭތެރެ ދޭތެރެއިން މަސްތުވާތަކެއްޗާއި ، އެނޫންވެސް ޖަލަށް ވެއްދުން މަނާ ތަކެތި ގައިދީން ޖަލަަށް ވައްދާ މައްސަލަ ފެންމަތިވެއެވެ. މިކަމާ ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ވެސް ހިންގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *