logo minivan

English

އަންގާރަ, 23 ޖުލައި 2024
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު

ސަރުކާރުން ބުނަނީ ދަރަންޏާ ބެހޭ ގޮތުން ދައްކަނީ ސިޔާސީ ވާހަކައެއް ކަަމަށް!

ރާއްޖޭގެ ދަރަނި ބޮޑުވެ، މާލީ ހާލަތު ގޯސްވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ދެއްކެވި ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް ކަމަށް ސަރުކާރުން މިއަދު ސިފަކޮށްފި އެވެ.

ދައުަލަތުން ނަގާފައިވާ ލޯނުތައް ރިސްޓްރަކްޗާ ކުރަން (އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަން) ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސްކުރި ރިޕޯޓެއްގައި ސަރުކާރަށް ލަފާ ދިނެވެ. އެ ލަފަޔާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ވިދާޅުވެ،، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ މަޖިލީހަށް އިއްޔެ ގަރާރެއް ހުށަހެޅުއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު މެނޭޖްކުރާ ގޮތާ މެދު އިންޓަނޭޝަނަކް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ކަންބޮޑުވުެމެއް ނެތް ކަމަށް އައިއެމްއެފުން މިއަދު ވެސް ބުނި ކަމަށެވެ. ރާއްޖޭގެ ދަރަންޏާއި ބަޖެޓް ހިމެނޭ ގޮތުން މުޅި އިގުތިސާދު މެނޭޖްކުރެވޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[އިގުތިސާދު] މެނޭޖްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުންނޭ މި ގެންދަނީ. އެ ފިޔަވަޅުތައް [ރަނގަޅުކަން] އައި އެމްއެފުން ވެސް ވޯލްޑް ބޭނުންކުން ވެސް އަދި އެހެން އިކޮނޮމިސްޓުން ވެސް އެބަ ފާހަގަކުރައްވާ. ދެން ބައެއް ބޭފުޅުން އެކަމާ ދެކެވަޑައިގަންނަވާ ގޮތް، ސިޔާސީ ގޮތުން އެބޭފުޅުން އެ ދެކެވަޑައިގަންނަވާ ގޮތާ ްއެލައިން ވުމަކީ އެކަމަށް އަޅުގަނޑަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް[ކަމެއް]،" މިއުވާން ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި ރިސްޓްރަކްޗާ ކުރަން މަޖިލީހުން 2020 ވަނަ އަހަރު ދިން ލަފަޔަށް އަމަލުނުކޮށްގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނީ އެމްޑީޕީގައި އޮންނަ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނުގެ ބޭފުޅުންނެވެ. އެކަމާ ބެހޭ ގަރާރެއް، އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރު އީވާ އަކީ ވެސް އެ ފެކްޝަނުގެ ބޭފުޅެކެވެ. އިއްޔެ އެ ގަރާރުގެ ބަހުސްގައި ދެ ފެކްޝަނުގެ މެމްބަރުން ބަހުގެ ހަމަލާތައް ވެސް ބަދަލުކުރެއްވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *