logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ހަށިވިއްކި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި މީހާ ދޫކޮށްލައިފި

މާލޭގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 4 މީހުން ގެ ތެރެއިން 43 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

'ރޯޅި ގެސްޓް ހައުސް' ބަލާ ފާސްކޮށް، އެ ގެސްޓް ހައުސްއިން ހަށިވިއްކާކަމުގެ ތުހުމަތުގައި އިއްޔެ ހަތަރު މީހުން ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 43 އަހަރުގެ ދިވެހި ފިރިހެން މީހާ ކޯޓުން ޝަރުތު ތަކެއް ކުރުމަށްފަހު ދޫކޮށްލާފަައިވާ ކަމަށާއި 43 އަހަރުގެ ބިދޭސީ މީހާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައި ކަމަށެވެ. އަދި ބިދޭސީ ދެ އަންހެނުންނަށް އެއްދުވަހުގެ މުއްދަތަށް ބަނދުގައި ބޭތިއްބުމަށް ކިރިމިނަލް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނީ އެ 4 މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސި އަންހެނަކު ހައްޔަރު ކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.

ހަށިވިއްކުމާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ރާއްޖޭގައި އިތުރުވެފައި ވާއިރު އެކަން ހުއްޓުވަން ފުލުހުން ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަ އެވެ. ހަށިވިއްކުމާއި ހިއުމަން ޓްރެފިކިންއާ  ދެކޮޅަށް ފާއިތުވި އަހަރު ފުލުހުން 25 އޮޕަރޭޝަނެއް ހިންގި އެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

 

 

 

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *