logo minivan

English

އަންގާރަ, 23 ޖުލައި 2024

ގުޅިފަޅުގައި އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާ : ފުލުހުން

ގުޅިފަޅު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އިންޑިއާއަށް މިހަފްތާގައި އިންޑިއާއަށް ފޮނުވައިފި ކަމަށް ވެސް ފުލުހުން ބުނެޏެވެ.

މިދިޔަ ޑިސެމްބަރު 16ގަ ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ގެއްލިގެން ރިޕޯޓުކުރި އިރު 76 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދިނެވެ.

ތިލަމާލެ ބްރިޖް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރި އެކޮމަޑޭޝަން ގައި އަލިފާން ރޯވެ ހިނގާފައިވާ އެހާދިސާގައި އެކެމަޑޭޝަން ބްލޮކްވަނީ އެއްކޮށް އަނދާހުލިވެފައެވެ.

އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެން ބައެއް މީހުންނަށް ފަރުވާ ދީފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އެފްކޮންސް ކުންފުނިން ބުނެފައިވަނީ އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ އަންނަ ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން ރައްކާތެރި ތަންތަނަށް ބަދަލުކުރިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *