logo minivan

English

އަންގާރަ, 16 ޖުލައި 2024
ޗައިނާގެ ސީސީޓީވީން އާއްމުކޮށްފައިވާ، މައިން ވެއްޓުނު ސަރަހައްދުގެ ފޮޓޯއެއް

ޗައިނާގެ ކޯލް މައިނެއްވެއްޓި ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެ

ޗައިނާގެ އުތުރުގެ އިނަ މޮންގޯލިއާ ސަރަޙައްދުގައި ބުދަ ދުވަހު ކޯލް މައިނެއް ވެއްޓި ހަތަރު މީހަކު މަރުވެ، އިތުރު 49 މީހަކު ގެއްލިއްޖެއެވެ.

އަލްކްސާ ލީގުގެ އޯޕަން ޕިޓް މައިންގެ ތެރެއިން މިހާތަނަށް ހަ މީހަކު ވަނީ ސަލާމްކޮށްފައެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މީހުން ހޯދުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް 900 އަށް ވުރެ ގިނަ ރެސްކިއު ވޯކަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

ރެސްކިއު މިޝަންގެ ލީޑަރު ވެއި ޒިގުއޯ ވިދާޅުވީ ބުދަ ދުވަހުގެ ރޭ  ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އޮޕަރޭޝަނަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި މީހުން ހޯދުމުގެ މަސައްކަތް ހުއްޓިފައިވާއިރު، އޭގެ ފަހުން ދެވަނަ ފަހަރަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވަނީ ހުރަސް އެޅިފައެވެ.

ފުލުހުން "ސީސީޓީވީ" އަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ކަމާ ގުޅުން ހުރި ފަރާތްތައް "ކޮންޓްރޯލް" ކޮށްފައިވާ ކަމަށެވެ.

ޗައިނާގެ އިނަ މޮންގޯލިއާ ސަރަޙައްދުގެ މައިންތަކަކީ ޗައިނާގެ އެންމެ ގިނަ އިން ކޯލް އުފައްދާ ސަރަހައްދެވެ. ސަޕްލައި އިތުރުކޮށް އަގުތައް ހެޔޮކުރުމުގެ ގޮތުން ޗައިނާގެ މައިންތަކުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޯލް މައިންއެއްގައި ކާބަން މޮނޮކްސައިޑް ލީކުވުމުގެ ސަބަބުން 23 މައިނަރުން ވަނީ މަރުވެފަ އެވެ. އަދި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ޝަންޑޮންގް ޕްރޮވިންސްގެ ރަނުގެ މައިނެއްގައި އެއްޗެއް ގޮވައިގެން 10 މީހުން ވަނީ މަރުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *