logo minivan

English

ބުދަ, 24 ޖުލައި 2024

ވޯޓުކަރުދާހުގައި ފޮޓޯނެތުމުން ޖޭޕީގެ ޤައުމީ ކޮންފަރެންސް ހޫނުވެ މެދުކަނޑާލައިފި

ވޯޓުކަރުދާހުގައި ފޮޓޯނެތުމުން ޖުމްހޫރީ ޕާޓީން މިހާރު ބާއްވަމުންގެންދާ ޤައުމީ ކޮންގްރެސް ހޫނުވެއްޖެއެވެ.

ވޯޓުކަރުދާހުގައި ފޮޓޯ ނެތުމުން މައްސަލަ ހޫނުވެ މިހާރު ވަނީ ކޮންފަރެސް މެދުކަނޑާލާފައެވެ. ކޮންފަރެސް ފެށުމަށް ހަމަޖެހިފައިވަނީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމަށްފަހު އަލުން ޕްރިންޓް ކޮށްގެންނެވެ.

ޖުމްހޫރީ ޕާޓީގެ އެކިއެކި މަޤާމްތަކަށް މެމްބަރުން އައްޔަން ކުރުން މި ކޮންފަރެެންސްގައި އޮންނާނެއެވެ. އެންމެ ވާދަވެރިވާނީ ނައިބް ލީޑަރުގެ މަޤާމެވެ. 5 މެމްބަރުން އިންތިހާބުކުރާ އެމަޤާމަށް 12 މެމްބަރުން ކުރިމަތިލާފައިވެއެވެ.

މި ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރާނެއެވެ. އަލަށް ފާސްކުރަން ހުށައަަޅާފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ވާހަދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމެވެ. ޤާސިމް އެމަޤާމަށް ހޮވޭނީ ޤައުމީ ކޮންފަރެންސްގައި ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *