logo minivan

English

އަންގާރަ, 16 ޖުލައި 2024

ދޫނި ރޯގާ ޖެހިގެން ކެމްބޯޑިއާގެ ކުޑަ ކުއްޖަކު މަރުވެއްޖެ

ނުވަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދޫނި ރޯގާ ޖެހިގެން އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މަރުވެފައިވާ ކެމްބޯޑިއާއަށް ނިސްބަތްވާ އަންހެނުން ކުއްޖެކެވެ. އެ ގައުމުގެ ޕްރޭ ވެންގް ޕްރޮވިންސަށް ނިސްބަތްވާ އެ އަންހެން ކުއްޖާއަށް H5N1 ވައިރަސް ޖެހިފައިވާކަން އެނގުނީ މިދިޔަ ބުދަ ދުވަހުއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަރަށް ބޮޑަށް ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުން ފަދަ ކަންކަން އެ ކުއްޖާއަށް ދިމާވިއެވެ. ކެމްބޯޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އެ ކުއްޖާގެ ބައްޕަވެސް ދޫނި ރޯގާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިތުރު 11 މީހަކު ޓެސްޓު ކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ބުރާސްފަތި ދުވަހު ހެލްތު މިނިސްޓަރު މަމް ބުންހެންގް ވިދާޅުވީ މިއީ 2014 ވަނަ އަހަރުގެ ފަހުން ކެމްބޯޑިއާގައި H5N1 ސްޓްރެއިންގެ އިންސާނުންގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

އޮފިޝަލުން ވަނީ އަންހެން ކުއްޖާގެ އަވަށް ކައިރިން މަރުވެފައިވާ އެތައް ދޫންޏެއްގެ ސާމްޕަލް ނަގާފައެވެ. އަދި މަރުވެފައިވާ ނުވަތަ ބަލިދޫނިތަކުގައި އަތްނުލުމަށް ވެސް ސިއްހީ އޮފިޝަލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކެމްބޯޑިއާއިން އެންމެ ފަހުން ދޫނި ރޯގާގެ ކޭސްއެއް ފެނިފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ކުރީ ދިހަވަރަކަށް އަހަރު ތެރޭގައި މި ބަލި 56 މީހަކަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 37 ކޭސްއަކީ ނުރައްކާތެރި ކޭސްތަކެކެވެ.

ޑަބްލިއުއެޗްއޯއިން 2021 ވަނަ އަހަރުން ފެށިގެން އިންސާނުންނަށް H5N1 ޖެހިފައިވާ އަށް ކޭހެއް ފެނިފައިވެއެވެ. އެ ކޭސްތައް ފެނިފައި ވަނީ ޗައިނާ، އިންޑިއާ، ސްޕެއިން، އިނގިރޭސިވިލާތް އަދި އެމެރިކާއިންނެވެ.

ދޫނި ރޯގާ އަކީ އިންފުލުއެންޒާ އޭ ވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި އިންސާނުންނަށް ޖެހޭކަން ފާހަގަ ކުރެވިފައިވަނީ 1997 ވަނަ އަހަރުއެވެ. 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *