logo minivan

English

ބުދަ, 24 ޖުލައި 2024

އެމްޑީޕީ އޭރު ސަކަރާތްވީ އެޕާޓީގައި އުޅޭ "މީހާ"ގެ ސަބަބުން، މިއަދު އެމްޑީޕީގެ މޫނުމަތި ބަދަލުވެއްޖެ: ޝިޔާމް

އޭރު އެމްޑީޕީ ސަކަރާތްވީ އެ ޕާޓީގައި އުޅޭ "މީހާ"ގެ ސަބަބުން ކަަމަށާއި، މިއަދު އެމްޑީޕީގެ މޫނުމަތި ބަދަލުވެފައިވާ ކަަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ސިޔާމް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިއަދު އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ، ފާއިތުވި 17 އަހަރު އެމްޑީއޭ އޮތީ އެމްޑީޕީއާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭރު އެމްޑީޕީގެ މޫނުމަތީގައި ހުރި މީހާގެ ސަބަބުން ކަމަށެވެ. ޝިޔާމް އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދަށެވެ. ޝިޔާމްގެ ވާހަކައިގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.

"މިއަދު އެހެރީ އެމްޑީޕީގެ މޫނުމަތި މުޅިން ބަދަލުވެފައި. މިޙާރު އެހެރީ ދީނަށް ފުރައްސާރަ ނުކުރާ މީހެއް. އަޅުގަނޑު އެއްސެވިން ރައީސް އަރިހުގައި އިސްލާމް ދީނުގެ ސިޔާސަތު އޮތީ ކިހިނެއްތޯ. ވިދާޅުވީ ތިމަންނަ ހަމަ ދީނީ އިލްމުވެރިން ބުނާ ގޮތަށް ހަމަ އޭގެ ފުރިހަމައަށް ދީފައޭ އޮތީ. މިހާރުވެސް ސަރުކާރުގައި ދީނީ ހުރިހާކަމެއް ނިންމަނީ ދީނީ އިލްމުވެރިންނޭ" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހުއަކީ ދީނީ ކަންތަކަށް ފަރުވާތެރި ވަރަށް އަހުލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސޯލިހަކީ ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ނަމާދު ކޮށް ރޯދަ ހިއްޕަވާ ވެސް ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގައި ވާހަކަ ދައްކާ ހަމައެކަނި ބޭފުޅަކަށް ހުންނާނީ އިބްރާހިމް މުހައްމަދު ސޯލިހު" ސިޔާމް ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *