logo minivan

English

އަންގާރަ, 16 ޖުލައި 2024

ޖޭޕީ ކޮންގްރެސް: ވޯޓަށް އެހުން މާދަމާ ހެނދުނަށް ތާވަލްކޮށްފި

ވޯޓުކަރުދާހުގައި މައްސަލަ ޖެހި މިއަދު ކުރިއަށް ނުގެންދެވުނު ވޯޓުލުން މާދަމާ ހެނދުނު ދަންފަޅިއަށް ތާވަލްކޮށްފިއެވެ.

މައްސަލަ ހޫނުވެ ކޮންފަރެންސް މެދުކަނޑާލީ ކެންޑިޑޭޑުންގެ ފޮޓޯ ވޯޓުކަރުދާހުގައި ނެތުމުގެ ސަބަބުންނެވެ. ކޮންފަރެސް ފެށުމަށް ހަމަޖެހިފައިވަނީ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފޮޓޯ ޖެހުމަށްފަހު އަލުން ޕްރިންޓް ކޮށްގެންނެވެ. މިވޯޓަކީ އެޕާޓީގެ މަޤާމްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން މަޤާމްތަކަށް އިންތިހާބުކުރަން ލާ ވޯޓެކެވެ.

ޖުމްހޫރީ ޕާޓީގެ އެކިއެކި މަޤާމްތަކަށް މެމްބަރުން އައްޔަން ކުރުން އައްޔަން ކުރާނީ މި ވޯޓުންނެވެ. އެންމެ ވާދަވެރިވާނީ ނައިބް ލީޑަރުގެ މަޤާމެވެ. 5 މެމްބަރުން އިންތިހާބުކުރާ އެމަޤާމަށް 12 މެމްބަރުން ކުރިމަތިލާފައިވެއެވެ.

މި ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރާނެއެވެ. އަލަށް ފާސްކުރަން ހުށައަަޅާފައިވާ އަސާސީ ޤަވާއިދުގައިވާ ގޮތުން ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ވާހަދަކުރުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަޤާމްގައި ހުންނެވި ޤާސިމް އިބްރާހިމެވެ. ޤާސިމް އެމަޤާމަށް ހޮވޭނީ ޤައުމީ ކޮންފަރެންސްގައި ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *