logo minivan

English

އަންގާރަ, 16 ޖުލައި 2024

ރޭ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގަ

ރޭ މާލޭގެ ފިހާރައެއް ތެރޭގައި ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމުގައާއި އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްއިން ، އެހެން ބުނިނަމަވެސް އިތުރު މައުލޫމާތެއް އަދި މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.

ރޭ އެ ޒުވާނާ ޒަހަމްކޮށްލާފައިވަނީ ފިހާރަ އެރެތޭގައި ހުރި ކަސްޓަމަރަކަށް ބޭރުން އައި މީހަކު ހަމަލާ ދީގެންނެވެ. އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހެރިކަމަށް މައުލޫތު ލިބެއެވެ. މިހާދިސާ ހިނގިވަގުތު އެފިހާރަގައި ސޭލްސް ބަލަހައްޓަން ހުރި އަންހެން ކުއްޖާ ވަނީ ޝޮއެއްޖެހި ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން ބުނެފައެއް ނުވެ އެވެ. ޒަހަމްވި މީހާގެ ފޮޓޯ ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު އެމީހާ އޮތީ ލޭތަކާ އެކު ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *