logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި މީހަކު އަދި ހައްޔަރެއް ނުކުރޭ

ރޭ މާލޭ ފިހާރައެއް ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މާފަންނު ބީޖީ ސަރަހައްދުގައި ހުރި ކްރަސާ ނަމަކަށް ކިޔާ ފިހާރައެއްތެރޭގައެވެ. އެހާދިސާގައި ޒަހަމަކޮށްލާފައިވަނީ އައްޑޫސިޓީއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނެކެވެ. އޭނާއަށް ހަމަލާދިނީ ބޭރުން އައިސް އެ ފިހާރަ ތެރެއަށް ވަނތް މީހެކެވެ.  އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހަރައި ޒަހަމް ކޮށްލާފައިވާއިރު އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި  އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

މިކަމާގުޅިގެން "މިނިވަން" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލައާ ގުލިގެން އަދި މިހާތަނައް އެވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއ،ި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެެވެ.

މީގެ އިތުރުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލެ ޖޫސް ޓައިމް ނަމަކަށް ކިޔާ ޓޭކްއަވޭ ކެފޭ އަކަށް ގެއްލުންދިން މައްސަލައިގައި ވެސް މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.  ފުލުހުން ބުނީ ހުޅުމާލޭގެ ޖޫސް ޓައިމްއަށް ވަދެ ގެއްލުންދިން މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުން ކަމަށާއި، މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *