logo minivan

English

އަންގާރަ, 23 ޖުލައި 2024

ވަޅިޖެހީ ސަލާމަތްހޯދަށް ފިހާރައިގެ ސޭޓަކަށް އިން އަންހެން ކުއްޖާގައި ބައްްދައިގެން އޮއްވާ!

މާފަންނު މުރަނގަމަގުގައި ހުރި "ކްރާަސާ' ފިހާރަ ތެރޭގައި ރޭ ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައެވެ. އޭނާއަށް ހަމަލާދިނީ އޭނާ އެފިހާރައިން އަތަރު ފުޅިއެއް ގަނެގެން ފައިސާ ދައްްކަން ހުއްޓާ މޫނު ނިވާކޮށްގެންގެން ތިބި ދެ މީހަކު ފިހާއަށް ވަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުން ވަޅިނ ހިފައިގެން އަންނަތަން ފެނުމުން އޭނާ ވަނީ ދުވެފައި ކައުންޓަރަށް ވަދެ ކައުންޓަރުގައި ހުރި އަންހެން މުވައްޒަފުގައި ސަލާމަތް ހޯދުމަށް ބައްދާފައެވެ. އޭނާއަށް ހަމަލާދިނީ އަންހެން ކުއްޖާއާއެކު ކައުންޓަރުތެރެއަށް ވެއްޓިފައި އޮއްވައެވެ. މިހާދިސާގައި އަންހެން ކުއްޖާ ސަލާމަތްވާން ކައުންޓަރު މަތިން ފުންމާލި ވަގުތު ކައުންޓަރު މަތީގައި އޮތް ބިއްލޫރިގަނޑާއެކު އޭނާ ވެއްޓުމުން އެކިވަރުގެ އަނިޔާތައް ލިބުނެވެ. އަދި އޭނާގެ ކުރިމަތީގައި ހިނގި އެ ބިރުވެރި ހާދިސާގެ ސަބަބުން އޭނާއަށް ޝޮކެއްޖެހި ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

މިހާދިސާގައި ޒަހަމްވި ޒުވާނާގެ ބެލްޓްގައި ވަޅިއެއް އެލުވާފައި އޮތެވެ. ވަޅި އޮތީ ބެލްޓާއެކު ބަނދެފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ ޒުވާނާއަކީވެސް މިފަދަ މައްސަލަތަކުގައި ޝާމިލްވާ މީހެއް ކަމަށެވެ. އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިހެރުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސްއެވެ. ފަރުވާދެނީ އައިޖީއެމް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައެވެ.

ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *