logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ވަޅިހެރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގެ ފިހާރައެެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކުރިކަމުގައެވެ. 

އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.

އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހަރާފައިވެއެވެ. އިއްޔެ އައިޖީއެމްއެޗް އިން ބުނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދަ ކަމުގައެވެ.

ކޮމިޝަރ އޮފް ފޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ މި މާރާމާރީއަކީ މާލޭގެ 2 ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި 4 ގްރޫޕަކުން ބައިވެރިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ