logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހެލްމެޓް އަޅަން ނުޖެހޭ ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭމީހުން ފާސްކުރާނަން: ފުލުހުން

ހެލްމެޓް އަޅަން ނުޖެހޭ ތަންތަނުގައި ހެލްމެޓް އަޅައިގެން އުޅޭނަމަ ހުއްޓުވައި، ފާސްކުރާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓު އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކާކުކަން ނޭނގޭތޮގަށް ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާކަމަށެވެ. ހެލްމެޓް އެޅުން ލާޒިމުކޮށްފައި ވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވޭ ސަރަހައްދުތަކުގައި ކަމަށާއި އެ ސަަރަހައްދުތަކުގައި ، ދުއްވޭ ބާރުމިން އަންގައިދޭ ބޯޑު ހަރުކޮށްފައި ހުންނާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"…އެހެންކަމުން ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތު ކުރެވޭ މީހުން، ހުއްޓުވައި ބަލައި ފާސްކުރަމުން ގެންދާނެ ވާހަކަ އެންމެހައިިފަރާތްތަކުގެ ސަމާލުކަމަށް ޓަކައި ދަންނަަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި އެއީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އޮމާން ވެއްޓެއް ގާއިމްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

 

 

ފުލުހުުން މިހެން ބުނީ މި ފަހަކަށް އައިސް މާލޭ ސަރަހައްދުގައި ހިންގާ ގްރޫޕް މާރާމާރީތަކުގައި ބައިވެރިވާ މީހުން ހެލްމެޓް އަޅައިގެން އުޅޭތީއެވެ.

މި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ކެފޭއަކަށް ވަދެ އެ ތަން ތަޅާ ފުޑުފުޑުކުރި މީހުންނާއި، ހުކުރު ދުވަހުގެރޭ މާލޭ ފިހާރައެއްގައި ތޫނު އެއްޗަކުން  ޒުވާނަކަށް ހަމަލާދީ ޒަހަމްކުރި މީހުން ވެސް ތިބީ ހެލްމެޓު އަޅައި މޫނު ނިވާކޮށްގެންނެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ