logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ރޭޕްގެ ކުށުގައި މޮރޮކޯގެ ލަވަކިޔުންތެރިޔާ ސާދު ހަ އަހަރަށް ޖަލަށް!

މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސާދު ލަމްޖަރޭޑް ފްރާންސްގައި ޒުވާން އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ޕެރިހުގެ ކޯޓަކުން ހުކުމް އިއްވުމާ ގުޅިގެން އުމުރުން 37 އަހަރުގެ ލަމްޖާރެދް ގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އޭނާ ވަނީ 2016 ވަނަ އަހަރު ޕެރިސްގެ ހޮޓަލެއްގައި އަންހެން މީހާ ރޭޕްކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.

ލަމްޖާރެދް އަކީ އަރަބި މިއުޒިކް ގެ ދުނިޔޭގައި މަޝްހޫރު ފަންނާނެކެވެ. އޭނާގެ އެންމެ ހިޓް އެއް ލަވަ ކަމަށްވާ "އެލްއެމް3އެލެމް" އަށް ޔޫޓިއުބުގައި ވަނީ އެއް ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

އޭނާގެ ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި މިއީ މޮރޮކޯއާ ގުޅުން ހީނަރުވެފައިވާ އަލްޖީރިއާގެ "ރޭވުމެއްގެ" ގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށެވެ.

ސާދުއަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރަން ގަސްދުކޮށްފައިވާ ކަމެއް އަދި ސާފެއް ނުވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *