logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހިޔާފްލެޓްތަކުގައި އުޅޭ މީހުންނަށް ހިދުމަތް ރަނގަޅުކުރަން އެޗްޑީސީން ސާވޭއެއް ކުރަނީ

ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށާއި އެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާރވޭއެއް ކުރުުމަށް އެޗްޑީސީ އިން ނިންމައިފި އެވެ.

އެޗްޑީސީން މިއަދު ބުނި ގޮތުގައި އެ ސާރވޭ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހާ ހަމައަށެވެ. އެ ފުލެޓްތަކަށް ޒިޔާރަތްކޮށް، އޮންލައިން ފޯމެއް ފުރައިގެން ކުރިއަށް ގެންދާ ސާރވޭއެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސާވޭތައް ކުރާ ދުވަސްވަރު، ސާވޭޔަރުންގެ ނަމުގައި އޮޅުވާލައިގެން އެކިއެކިި ކުށްތައް ހިންގާކަން އެނގޭތީ އެކަމަށް ރިއާޔަތްކޮށް އެޗްޑީސީން ބުނީ އެ ސާރވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާޑް އަދި ބޭންކް އެކައުންޓް ފަދަ އެއްވެސް މައުލޫމާތެއް ނާހާނެ ކަމަށެވެ. . އެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސާރވޭ އާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކޮށްލަން ބޭނުންވެއްޖެނަމަ އެޗްޑީސީގެ ރަސްމީ ނަންބަރަށް ގުޅޭނެ ކަމަށާއި އެއްވެސް ޝަކުވާއެއްވާނަމަ އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރ 1516 އަށް ގުޅަން އެދޭ ކަމަށް ވެސް ބުންޏެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރައްޔިތުންދިރި އުޅެނީ ހިޔަާ ފުލެޓްގައި އެކަނިތަ.؟ދެން މި އުޅެނީ ރައްޔިތުންނެއް ނޫންތަ؟ ހުރިހާ ރައްޔިތުން ހަމަހަމަ ކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ