logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އަންހެނުންގެ ފިކުރަކީ މުހިންމު އެއްޗެއްކަން ޖޭޕީން އަންގައިދީފި: ޑެޕިއުޓީ ލީޑަރު ނަހުލާ

އަންހެނުންގެ ފިކުރަކީ މުހިންމު އެއްޗެއްކަން ޖޭޕީން އަންގައިދީފިކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވުމަށްފަހު ޤައުމީ ކޮންފަރެންސް ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިއަދު މި ފެންނަނީ މިންތީގެ ހަމަހަމަކަމަށް ޖޭޕީން އިސްކަންދޭ މިންވަރު ކަމަށާއި ޖޭޕީގެ އިސް ސަފުގައި ހުރެ، އަންހެނުން ބާރުވެރިކުރުވަން އިސްކަން ދޭނެކަމުގެ ޔަގީންކަން އަރުވަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ހިތް އޮތީ އަޅުގަނޑާއި ތިޔަ ހަވާލު ކުރެއްވީ މަގާމަކަށް ވުރެ ބޮޑަށް ޒިންމާއެކޭ. ލޮބުވެތި މެމްބަރުން އަޅުގަނޑަށް ތިޔަ ކުރެއްވި އިތުބާރާއި އެކު ތިޔަ މަތި ކުރެއްވި ޒިންމާ ޒިންމާދާރު ކަމާއިއެކު އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ވާދަވެރި އިންތިހާބަކަށް ފަހު ކާމިޔާބު ހޯއްދެވި އެންމެހާ މެމްބަރުންގެ އެންމެ މުހިންމު މަގްސަދަކަށްވާންވާނީ އެކަކުވެސް ބާކީ ނުކޮށް އެންމެން އެއް ރޫހެއްގައި އެކުގައި މަސައްކަތް ކުރުން." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ލީޑަރުކަމުގެ މަގާމަށް ޖުމްލަ 12 ބޭފުޅަކު ވާދަކުރެއްވި އެވެ. އެންމެ ގިނަ ވޯޓް ހޯއްދަވައިގެން އިންތިހާބުވީ ނަހުލާއެވެ. އެއީ 558 ވޯޓާއެކުގައެވެ. އެންގެ ގާތުން ވާދަކުރެއްވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމަށް ލިބިވަޑައިގެންނެވީ 327 ވޯޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *