logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފިހާރަތެރޭގައި ވަޅިހަރާ ޒަހަމްކޮއްލި ޒުވާނާ މަރުވެއްޖެ

ހުކުރު ދުވަހުގެރޭ މާލޭ މުރަނގަމަގުގައި ހުންނަ "ކްރާސާ" ފިހާރަގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ އެ ޒުވާނާ މަރުވީ ވަޅި ހަރައިގެން ލިބުނު ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

މިހާދިސާގައި އޭނާގެ ދެ ފަޔަށާއި ބަނޑަށާއި ހަށިގަނޑުގެ އެތައް މިތަނަށް ވަޅި ހެރިއެވެ. ފިހާރައެތެރޭގައި ހުއްޓާ އޭނާއަށް ހަަމަލާ ދިނީ ހެލްމެޓް އަޅައިގެން ދިޔަ ދެމީހެކެވެ. މީގެތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *