logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އަދާލަތު ޕާޓީގެ "ހޭރިޔާ" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ.

ސަލަފާ އަދާލަތާ ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ ހައްލުކުރަން ބޭނުން: އިމްރާން

ސަލަފު ޖަމިއްޔާއާއި އަދާލާތުޕާޓީ އާ ދެމެދު އޮތީ ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން އެދިވަޑައިގަންނަވާ ކަމަށް އެޕާޓީގެ ރައީސް އަދި ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން  ވިދާޅުވެއްޖެ އެވެ.

ރޭ މެންދަމުން އަލިވި ފަހުން ކުރެއްވި ޓްވީޓެއްގައި އިމްރާން އުފެއްދެވި ސުވާލަކީ ސަލަފާއި އަދާލަތާ ދެމެދު އޮތީ ދީނީ ތަފާތުތަކެއްތޯ ނުވަތަ ސިޔާސީ ތަފާތުތަކެއްތޯ އެވެ. އެ ސުވާލާ ގުޅުވައި އޭނާ ވިދާޅުވީ އެއީ "ދީނީ މައްސަލަ އެއް ނަމަ އެކަން ހައްލުކުރަން ވަރަށް ބޭނުން" ކަމަށެވެ.

"…ސަލަފު ޖަމިއްޔާއާއި އަދާލަތު ޕާޓީއާ ދެމެދު ހުރި ތަފާތުތަކަކީ ދީނީ ކަމެއް ހެއްޔެވެ. ނުވަތަ ސިޔާސީ މައްސަލަތަކެއް ހެއްޔެވެ. ދީނީ މައްސަލައެއް ނަމަ އެކަން ހައްލުކުރަން އަޅުގަނޑުމެން [އަދާލަތު ޕާޓީން] ވަރަށް ބޭނުމެވެ،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ސިޔާސީ ކަމެއް ނަމަ އެކަން "އަންޑަސްޓޭންޑް ވާ" ކަމަށާއި އެއީ ހަމަ ވަރަށް "ނެޗުރަލް" ކަމެއް ކަމަށެވެ.

ސަލަފާ ބެހޭ ގޮތުން އިމްރާން މިމޭރުމުން ވާހަކަ ދެއްކެވީ ސީދާ ކޮން ސަބަބަކާ ހެދި ކަމެއް އަދި ނޭނގެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޢަދާލަތާ ސަލަފް އިސްލާމްދީން މާނަކުރާގޮތް ހާސްބައި ތަފާތު ސަލަފުން ހާމަ ކޮށްދެނީ ދީނީގޮތުން އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *