logo minivan

English

ބުދަ, 24 ޖުލައި 2024

އެންމެ ފަހުން ތުރުކީއަށް އައި ބިންހެލުމުގައި މީހަކު މަރުވެއްޖެ

ހޯމަ ދުވަހު ތުރުކީގެ ދެކުނަށް އައި 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އެކަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ، އޭއެފްއޭޑީގެ ޗީފް ޔޫނުސް ސެޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަލަޓިއާ ޕްރޮވިންސްގެ ޔެސިލިއުޓް އަވަށަށް އައި ބިންހެލުމުގައި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ގިނަ އިމާރާތްތަކެއް ވެއްޓިފައިވާ ކަމަށެވެ.

ޔެސިލިއުޓްގެ މޭޔަރު މެހްމެޓް ސިނާރު ހަބަރުތުރުކް ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގެ ގިނަ އިމާރާތްތަކެއް ވެއްޓުނު ކަމަށެވެ. އޭގެ ތެރޭގައި ބައްޕައަކާއި އަންހެން ކުއްޖަކު ތާށިވެފައިވާ ހަތަރު ބުރީގެ އިމާރާތެއް ވެސް ހިމެނޭ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ ތުރުކީއަށް ބިންހެލުންތަކުގެ ސަބަބުން 34.2 ބިލިއަން ޑޮލަރުގެ ސީދާ ގެއްލުން ލިބިފައިވާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ތުރުކީގެ ޖީޑީޕީގެ ހަތަރު ޕަސެންޓާ އެއްވަރުގެ އަދަދެެކެވެ.

ވޯލްޑް ބޭންކުން ބުނީ ރިކަވަރީ އާއި ރީކޮންސްޓްރަކްޝަން ކޮސްޓް ދެގުނަ ބޮޑުވެދާނެ ކަމަށާއި ޖީޑީޕީ ގެއްލުމުން ވެސް ބިންހެލުމުގެ ހަރަދު ބޮޑުވާނެ ކަމަށެވެ. އަދި 1.25 މިލިއަން މީހުން ވަގުތީ ގޮތުން ގެދޮރު ގެއްލިފައިވާ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ ފެބްރުއަރީ ހަވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ އުނިކަން ފާހަގަކުރައްވާފައެވެ. އެ ބިންހެލުމުގައި 50 ހާހަށްވުރެ ގިނަ މީހުން މަރުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *