logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ކްރިމިނަލް ކޯޓު ހިންގަން ހުޅުމާލޭ ކޮވިޑް ފެސިލިޓީ ދީފި

ކްރިމިނަލް ކޯޓުގެ އެއް އިމާރާތް ބާވެ ބޭނުންނުކުރެވޭ ހާލަތަކަށް ދިއުމުން އެތަން ބޭނުންކުރުން ހުއްޓާލާފައި ވާތީ ކުރިމަތިވި ދަތިކަން ހައްލުކުރުމަށް ޓަކައި ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް އެކޯޓަށް ދީފި އެވެެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އިމާރާތަށް ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެކަމުގައި ސަރުކާރުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޑީޖޭއޭގެ ބަޔާނުގައި ބުނި ގޮތުގައި ކްރިމިނަލް ކޯޓުގެ ހަތަރުބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓައިލަން ޖެހުނީ އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ކަމަށް ނުވާތީ ކަމަށެވެ. އެ އިމާރާތް ބޭނުންކުރުން ހުއްޓައިލި ފަހުން ކްރިމިނަކް ކޯޓުގެ މަސައްކަތް ކުރަމުން އަންނަނީ އޮންލައިންކޮށް، ވޯކް ފްރޮމް ހޯމް އުސޫލުންނާއި ޝިފްޓް ޑިއުޓީ އުސޫލުންނެވެ.

އެއީ ހަތަރުބުރީގެ އިމާރާތް ބަންދުކުރަން ޖެހުމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަމަޖެއްސި އިންތިޒާމެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *