logo minivan

English

ބުދަ, 24 ޖުލައި 2024

ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕާކިން ޖާގަ ނެތިގެން އިހުތިޖާޖުކޮށްފި

ސަރުކާރުގެ ގިނަ އަދަދެއްގެ އޮފީސްތައް ހުންނަ ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އުޅަނދުތައް ޕާކްކުރާނެ ޖާގަ އެ ސަރަހައްދުގައި ނެތިގެން އެ މުވައްޒަފުން މިއަދު އިހުތިޖާޖްކޮށްފި އެވެ.

ވެލާނާގޭގެ ކުރިމަތީގައި މިއަދު އިހުތިޖާޖްކުރި މުވައްޒަފުން ގެންގުޅުނު ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގައިވާ ގޮތުން އެމީހުންގެ އެއް ކަންބޮޑުވުމަކީ އެ ސަރަހައްދަށް ޕާކިން ސްޕޭސް ބޭނުންވެފައި އޮއްވާ، އެންމެ ފަހުން ހުސްވި ޖާގަ ވެސް ޕާކިން އަށް މުޅިން ހާއްސަ ނުކޮށް، ޕާކެއްގެ ގޮތުގައި އެތަނުގެ އެއްބައި ތަރައްގީކުރުމެވެ. އެއީ ބާވެ ހަލާކުވުމުން ތަޅައިލި ހުރަވީ ބިލްޑިން ހުރި ސަރަަހައްދުގެ ވާހަކަ އެވެ.

ވެލާނޭގޭގެ ތިރީގައި އޮތް ޕާކިން ސްޕޭސް ބޭނުންކުރަން ލިބެނީ އެތަނުގައި ހުންނަ އޮފީސްތަކުގެ ވެރިންނަށް ކަން ވެސް އިހުތިޖާޖުގެ ބައިވެރިން ފާހަގަ ކުރި އެވެ.

" ވެރީންނަށް ވެލާނާގޭގެ ތިރިން ޕާކްކުރާނެ ތަންތަން ލިބޭ" އިހުތިޖާޖްގެ ބައިވެރިން ގެންގުޅުނު ބޯޑެއްގައި ލިޔެފައި އޮތެވެ.

ވެލާނޭގައި މަސައްކަތްކުރާ މުވައްޒަފުން އިހުތިޖާޖްކޮށްފައި މިވަނީ އެ އިމާރާތުގެ ކައިރީގައި ޕާކިން ޒޯނުތަކުން ބޭރުގައި ޕާކްކުރާ ގިނަ އަދަދެއްގެ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން އިތުރުކޮށްފައި ވަނިކޮށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *